މުނިފޫހިފިލުވުން

އިންޑިއާ ލޮކްޑައުން ކުރުމުން ސިދާތު މަންމަ އާއިއެކު ބަދިގޭގަ ކައްކަނީ

ދެން އެމްވީ ، ދެން އޮންލައިން

ބިގްބޮސްގެ އެންމެ ކާމިޔާބު ސީޒަން ކަމަަށްވާ 13 ވަނަ ސީޒަން ކާމިޔާބު ކުރި މަޝްހޫރު ޓީވީ އެކްޓަރ ސިދާތު ޝުކުލާ، ގޭގައި ހުރެގެން މަންމާއި އެކު ބަދިގެއަށް ވަދެ ކެއްކުމުގައި ވަގުތު ހޭދަކޮށްފިއެވެ.

Ads by MWSC

ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޯވިޑް 19 އިންޑިއާގައި ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި އެގައުމު ވަނީ 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން މަޝްހޫރު ތަރިން ވަނީ އާއިލާއި އެކު ވަރަށް އަގުހުރި ވަގުތު ތަކެއް ހޭދަކޮށްފައެވެ.

އެގޮތުން ސިދާތުގެ މަންމަ އަބަދުވެސް ބޭނުންވާ އެއް ކަމަކީ ދަރިފުޅާއިއެކު ކެއްކުމެވެ. ސިދާތު ބުނީ ބިގްބޮސް ގޭ ތެރޭގައި ނުދަންނަ މީހުން ތަކަކާއިއެކު 3 މަސް ދުވަސް ހޭދަކުރި ކަަމަށާއި، އެހެންކަމުން އަމިއްލަ އާއިލާއާއި އެކީ ގޭގައި އުޅުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.

އިންޑިއާ 21 ދުވަހުގެ ލޮކްޑައުން އަކަށް ގޮސްފައިވާއިރު މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ 4 ލައްކައަށް އަރާފައެވެ. މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ބާވީސް ހާހަށްވުރެ އިތުރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!