އެކްސިޑެންޓެއްގައި އަންހެނަކު ވިއްސައިގެން ގޮސް ބޮލަށް ޒަޚަމްތަކެއް

ބްރިޖް އިން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑު ތަކުރުފާނު މަގުން ބްރިޖާވީ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި އެކްސިޑެއްޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 22:11 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި ބޮލަށް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެ މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.