ޚަބަރު

ސާވިސް ޗާޖު ދެނީ ރަނގަޅަށް، ޝިމްހާޒު ވަކިކުރީ ގަވާއިދާ އެއްގޮތަށް: ހޮނޑާފުށި ރިސޯޓު

ދެން އެމްވީ ، ދެން އޮންލައިން

ހޮނޑާފުށި އައިލެންޑް ރިސޯޓުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށާއި އަހުމަދު ޝިމްހާޒު ވަޒީފާއިން ވަކި ކުރީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ރިސޯޓުން މިއަދު ބުނެފި އެވެ.

Ads by MWSC

ޝިމްހާޒު ބުނެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ފޭސްބުކް ޕޭޖެއް ކަމުގައިވާ "ރިސޯޓު ބޯއިސް މޯލްޑިވްސް" ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެކަމަށް އޭނާ އިންކާރު ކުރުމުން ރިސޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ބުނެފައިވާ ކަމަށް ވެސް ޝިމްހާޒު ބުންޏެވެ.

އެ ރިސޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޝިމްހާޒް ވަކިކުރީ ސާވިސް ޗާޖާ ގުޅިގެން ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޝިމްހާޒު ވަކިކުރި އިރު އޭނާ ހުރީ ޕްރޮބޭޝަންގައި ކަމަށް ވުމުން އޭނާ ވަކި ކުރުމުގައި ގަވާއިދާ ހިލާފުވެފައި ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ޝިމްހާޒް ވަކިކުރި ސީދާ ސަބަބެއް ހޮނޑާފުށި ރިސޯޓުން ނުބުނެ އެވެ.

ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދެނީ ކުޑަ އަދަދެއް ކަމަށް ދެކެވޭ ވާހަކަތާ ގުޅޭ އެ ރިސޯޓުން ބުނީ އެ ރިސޯޓަކީ އުދަނގޫތަކާ އެކު ހުޅުވި ރިސޯޓަކަށްވެފައި އެ ރިސޯޓުގައި ސާވިސް ޗާޖު ދަށްވަނީ ރިސޯޓުން ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވުމުން ކަމަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އެ ރިސޯޓިގެ އޮކިއުޕެންސީއަކީ 16 ޕަސެންޓް ކަމަށާއި ސާވިސް ޗާޖުގެ ގޮތުގައި 36 ޑޮލަރު (555.12ރ) ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!