އުރީދޫން ކޮންމެ ތިން ދުވަހަކުން ސައިކަލެއް. ބައިވެރިވާނީ ކިހިނެއް؟
އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވާނީ ކިހިނެއް ހެއްޔެވެ؟ މިއީ މިފަހަކަށް އައިސް ދިމާވާ ގިނަ ރަހުމަތްތެރިން އަހާ ވާހަކައެކެވެ. މި ލިޔުމުގައި ބަލާލަން މިއުޅެނީ "ސައިކަލް ލިބޭ ޕްރޮމޯ" ގައި ބައިވެރިވާނެ ގޮތެވެ.
ކޮންމެ 72 ގަޑިއިރަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން އުރީދޫން ފެށީ މިިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން ޖުމްލަ 30 ސައިކަލު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާތަނަށް އައިއިރު ޕްރޮމޯގެ ތެރެއިން ހަތަރު ފަރާތަކަށް އުރީދޫން ވަނީ ސައިކަލު ހަވާލުކޮށްފަ އެވެ.
މި ޕްރޮމޯގެ ދަށުން ލިބޭ ސައިކަލުތަކުގެ ތެރޭގައި:
- އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
- އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
- ޕީސީއެކްސް 160 - (ކަޅުކުލަ)
މި ސައިކަލުތަކުގެ އިތުރުން ޕްރޮމޯގެ "ގްރޭންޑް ޕްރައިޒް" ގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ހޮންޑާ ރެބެލް 300 ގެ ކަޅުކުލައިގެ ސައިކަލެއް ދިނުމަށް އުރީދޫން ވަނީ ނިންމާފަ އެވެ.
"ސައިކަލް ލިބޭ ޕްރޮމޯ" ގައި އުރީދޫގެ ހިދުމަތް މިހާރު ވެސް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ ނިމިދާ 30 ދުވަހު މަދުވެގެން 250 ރުފިޔާ ހޭދަކޮށްފައިވާ ނަމަ އެވެ.
އެގޮތުން ބިލެއް ދައްކައިގެން ނުވަތަ ރާސްޓަސްއެއް ކޮށްގެން ނޫނީ އެޑްއޮންއެއް އެކްޓިވޭޓްކޮށްގެން ޕްރޮމޯގައި ބައިވެރިވެވޭނެ އެވެ. އަދި އުރީދޫގެ ހިދުމަތާ އަލަށް ގުޅޭ ކަސްޓަމަރުން ވެސް ޕްރޮމޯއަށް ޝަރުތު ހަމަވާނެ އެވެ.
މި ޕްރޮމޯއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
އުރީދޫން ދެމުން އަންނަ 5ޖީ ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކުގެ ހިދުމަތަށް ތިން އަހަރު ފުރުނުއިރު، 22 ރަށަކާއި ފަސް ރިސޯޓަށް ދަނީ ފޯރުކޮށްދެމުންނެވެ.