ޚަބަރު ސަރުކާރު ސިޔާސީ

އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިންޑިއާގެ މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

Ads by Sosun Fihaara

އެ ޒިޔާރާތުގައި ވާހަކަފުޅު ދައްކަވަމުން ރާދަކްރިޝްނަން ވިދާޅުވީ އިންޑިއާއި ރާއްޖެއާ ދެމެދު، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި އެ ދާއިރާތަކާއި އިތުރު ދައިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ޒިޔާރަތުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ، ރައީސާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދައް މަރުހަބާ ދަންނަވާފަ އެވެ. އަދި އެ ބޭފުޅުން މުމްބާއީއަށް ޒިޔާރަތްކުރެއްވީތީ، އެކަމާ ގަވަރުނަރު ރާދަކްރިޝްނަން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވަނި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުހަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާދަކްރިޝްނަން ދެއްވި، ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި، ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭގައި ބައިވެރިވެޑައިގެންފައިވެ އެވެ.

އެ ފަރިއްކޮޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި މަހާރާޝްތްރާ ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ނިއުދެއްލީއަށް ވަޑައިގެންފައި ވަނީ އާދިއްތަ ދުވަހުގަ އެވެ. ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސް މާދަމާގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ގިނަ މަޝްވަރާތަކާއި އެއްބަސްވުންތަކެއްވެސް މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ވަނީ ނިންމާފައެވެ.