ޚަބަރު

ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވ.ފެލިދޫގައި ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މިއަދު ހެނދުނު 11:40 ހާއިރު ފެލިދޫގައި އިޓަލީ ފަތުރުވެރިއަކު ރޮމުން ޕޮލިސް ސްޓޭޝަނަށް އައިސް އޭނާގެ ފިރިމީހާ އޮޔާދާ ކަމަށް ބުނެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެއާއެކު ފެލިދޫ ފުލުހުން މޫދަށް އެރި އޮޔާދާ ފަތުރުވެރިއާ ސަލާމަތްކޮށް އެއްގަމާ ހަމައަށް ގެނެސްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!