ޚަބަރު

ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ކްލިނިކްތަކުގައި މަސައްކަތްކުރުމުގެ ގަވާއިދު އެކުލަވާލަން ލަފާ ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްޗް ހޮސްޕިޓަލް ހުންނަ މަގު/ ފޮޓޯ: ދެން

ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުގައި މަސައްކަތްކުރުމުގެ ގަވާއިދު އެކުލަވާލަން  އޭސީސީން ލަފާ ދީފި އެވެ.

Ads by Sosun Fihaara

ރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް ދިރާސާކޮށް، މިއަދު އޭސީސީން އާންމުކުރި ރިޕޯޓްގައި ބުނީ ބައިނަލްއަގުވާމީ މިންގަނޑަށް ރިއާޔަތްކުރާއިރ،ު ރާއްޖޭގައި ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް ކްލިނިކްތަކުގައި މަސައްކަތްކުރުމާ ގުޅިގެން އަމަލުކުރާނެ އެއްވެސް ގަވާއިދެއް ހެދިފައިނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން މަސްލަހަތު ފުށޫއެރުނ،ް ޑޮކްޓަރުން ބަލިމީހަކަށް ހޭދަކުރާ ވަގުތު އަދި ޑޮކްޓަރުންގެ ހިދުމަތް މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްނުދާކަން އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތް ކުރުމުގެ ގަވައިދު އެކުލަވާލަން އޭސީސީން ވަަނީ ލަފާދީފަ އެވެ.

ދައުލަތުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޑޮކްްޓަރުން ޕްރައިވެޓް ކްލިނިކްތަކުގައި ވެސް މަސައްކަތް ކުރެ އެވެ.

ބައެއް ބަލި މީހުން ދައުލަތުގެ ހޮސްޕިޓަލުތަކުގައި ތިބޭ ޑޮކްޓަރުންނަށް ދެއްކުމަށް ފަހު ދެވަނަ ފަހަރަށް އެ ޑޮކްޓަރަކަށް ދައްކަން ދައުލަތުގެ ހޮސްޕިޓަލުތަކުން އެޕޮއިންްޓްމަންޓް ނުލިބިގެން ހަމަ އެ ޑޮކްޓަރު މަސައްކަތް ކުރައްވާ ޕްރައިވެޓް ކްލިނިކްތަކަށް ވެސް ގޮސް ހަދަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!