ސަން ޓްރެވަލްސްގެ އެކައުންޓުތައް ފްރީޒް ކުރަން އަމުރު ނެރެފި
ރައްޔިތުން މަޖިލީހުގެެ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމްގެ ސަން ޓްރެވަލްސްގެ އެކައުންޓުތައް ފްރީޒް ކުރަން ސިވިލް ކޯޓުން އަމުރު ނެރެފިއެވެ.
މި އަމުރު ސިވިލް ކޯޓުން ނެރިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ސަންޓްރެވެލްސްގެ އެކައުންޓުތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓުތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވުމަށް އެ ކޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފޮނުވި އަމުރުގައި ބުނެފައިވެއެވެ.
މި އަމުރަކީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓުން ނެރެފައިވާ އަމުރެއް ކަމަށް ސިވިލް ކޯޓާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" ގައި ބުނެފައިވެއެވެ. އެ އެއްބަސްވުން ބާތިލް ކުރީ 2013 ގައެވެ.
އެ މައްސަލައަކީ، ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ހުށަހަޅާފައިވާ މައްސަލައެވެ. ރާއްޖޭގެ ކޯޓުތަކަށް މި މައްސަލަ ހުށަހަޅާފައިވަނީ ހިލްޓަން އިންނެވެ.
އެހެން ނަމަވެސް ސިންގަޕޫރު އާބިޓްރޭޝަން އިން ހުކުމް ކުރި ފަހުން ހިލްޓަން އިން ސަން ޓްރެވެލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން ބާތިލްކޮށް ސިވިލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާލިއެވެ.
ލާރި ލިބޭ ވަރަކަށް ދަރައި ވިކެނީ. އާދައިގެ ނިކަމެތި މީހުންނަށްވުރެ ހާލުބޮޑު.. ކީކޭ ދެން ބުނާނީ.
މީހަކަށް ދެރައެއް ލިބުމާއި، މީހަކަށް އަނިޔާއެއް ދީގެން ތިމާއަށް ކުރިމަތިވާ އިމްތިހާނަކީ މުޅިން ދެ ކަމެއް. މީނާއަށް ރައީސް ޔާމީނުގެ ސަރުކާރުން ޢުސޫލުގެ ތެރެއިން ސަވަރިންގ ގެރެންޓިއާއި އެހެނިހެން ކަންކަން ކޮށްދީފައިވޭ. އެކަމު މީނާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ މޫނުގައި ޖެހި ތައްޕާހެއް. ރިޔާސީ އިންތިހާބު ނިމެންދެންވެސް ހުރީ ބޭރުގައި، ރައީސް ޔާމީނަށް މަޖުބޫރުވީ ކޯލިޝަން ރޫޅާލުމަށް. ސިޔާމަށް ދޭން ބޭނުންވާ މެސެޖަކީ، އަތަމާ އަބްދުއްލަތީފްގެ ފެށުމާއި، ކުރިބޯޢްޓާއި އަދި ނިމުން ހަނދާނުގަ ބަހައްޓާގެން މަސައްކަތް ކުރިޔަށް ގެންދާށޭ..