ހއ އިން އައްޑޫއަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާ ވަނީ 18:00 އިން ދަންވަރު 12:00 އަށެވެ.
މެޓުން ބުނީ މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓުން މީގެ ކުރިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މިދުވަސްކޮޅު ވައިގަދަވެ އާދަޔާ ހިލާފަށް ކަނޑު ގަދަވާނެ ކަމަށެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

Ads by HDC