ޚަބަރު

އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދޭކަށް އަދި ނުފަށާ: ސަރުކާރު

އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް "ގިފްޓް ޕެކް"އެއް ދެއްވުމަށް ރައިސް ޞާލިޙު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ވައުދު ތަންފީޒު ކުރަން އަދި ފަށާފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުމުގެ ވައުދު މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަންނަނީ ފޮޮޓޯތަކެއް ދައުރުވަމުންނެވެ. އެ ފޮޓޯތަކުގައި ބުނެފައިވަނީ އެސްޓީއޯގެ ހާއްސަ ވައުޗަރެއް ހިފައިގެން އަންނަ ފަރާތްތަކަށް ހަދިޔާ ލިބޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އެއީ އެސްޓީއޯ އިން އަމިއްލަ އަށް ހިންގާ އެއްޗެއް ކަމަށާއި ސަރުކާރުގެ އެ ވައުދު އަދި ތަންފީޒުކުރަން ނުފަށާ ކަމަށެވެ.

ސަރުކާރުން އެ ވައުދު ތަންޒީފު ކުރަން ފަށާނީ މިއަހަރުތެރޭގައި ކަމަށާއި އެގޮތުން އެކަމަށް ބަޖެޓުގައި ވެސް ފައިސާ ހިމަނާފައިވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" އަކީ ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!