ޚަބަރު

އަހަރުގެ މިހާތަނަށް އެކްސިޑެންޓުތައް އެންމެ މަދީ މިދިޔަ މަހު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ސިނަމާލެ ލިންކު ރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް/ ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް

މިދިޔަ ސެޕްޓެމްބަރު މަހަކީ މިއަހަރު އެންމެ މަދުން އެކްސިޑެންޓް ހިނގި މަސްކަން ފުލުހުންގެ ތަފާސް ހިސާބުން ހާމަވެއްޖެ އެވެ.

Ads by MWSC

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު 186 އެކްސިޑެންޓް ހިންގާފައިވާއިރު މި އަަހަރުގެ އެހެން މަސްތަކުގައި އެ އަދަދު އުޅެނީ 200 އަށްވުރެ މަތީގަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 301 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

މި އަހަރުގެ އެކްސިޑެންޓްތަކުގެ އަދަދު:

  • ޖެނުއަރީ: 263
  • ފެބުރުއަރީ: 267
  • މާޗް: 301
  • އޭޕްރީލް: 221
  • މޭ: 226
  • ޖޫން: 215
  • ޖުލައި: 210
  • އޮގަސްޓް: 204

މިދިޔަ އަހަރު ޖުމްލަ 2300 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު 2022 ވަނަ އަހަރު 1615 އެކްސިޑެންޓެއް ރިޕޯޓްކުރިކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 2021 ވަނަ އަހަރު ހިނގާފައިވަނީ 1564 އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެކްސިޑެންޓްތައް އިތުރުވާތީ, ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައިތާ ފަސް މިނިޓް ތެރޭގައި ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ފުލުހުންގެ ޕޮލިސީއެއް ކަނޑައަޅާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!