ޝަހީމް އަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޝަހީމް އަށް މަރުގެ އިންޒާރު ދިން މައްސަލަ ސިޓީއަކުން އިއްޔެގައި ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށެވެ.
އެ މައްސަލައިގެ އިތުރު މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
މިނިސްޓަރުން ނައް މަރުގެ އިންޒާރުދިން މައްސަލަ ކުއްވެރިކުރަން