ޚަބަރު ވިޔަފާރި

ލައިޓް އިންޑަސްޓްރިއަލް ބޭނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ލައިޓް އިންޑަސްޓްރިއަލް ބޭނުމަށް ވިއްކުމަށް ހުޅުވާލާފައި ވަނީ 16 ބިން / ފޮޓޯ:އެޗްޑީސީ

ސިނާއީ، "ލައިޓް އިންޑަސްޓްރިއަލް" ބޭނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

Ads by MWSC

ލައިޓް އިންޑަސްޓްރިއަލް ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1،515 އަކަފޫޓާއި 1،538 އަކަފޫޓާ ދެމެދުގެ 16 ބިމެކެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބީލަން ހުށަހެޅިދާނެ ކަމަށެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންވާނެ ކަމަށެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑު ކުރުމެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށް ވެސް ޖުމްލަ ތިން ބިން ގަނެވިދާނެ އެވެ.

ބީލަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަނުގެ އޮންލައިން ބިޑު ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެ އެވެ. ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑު ޕޯޓަލް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ އެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!