ޚަބަރު އިޖުތިމާޢީ

ކަނޑުވެފައި ތިބި ބަޔަކު ތިން ގަޑިއިރުފަހުން ސަލާމަތްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފަރުމަސްވެރި ކަމަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލުމުން ކަނޑުވި މީހުން ޑިންގީގެ މަތީގައި / ފޮޓޯ:އެމްއެންޑީއެފް

ފަރުމަސްވެރި ކަމަށް ނިކުމެ އުޅެނިކޮށް ބަންޑުން ޖަހާލި "ޕެސްޓަ" ނަމަކަށް ކިޔާ ޑިންގީން ކަނޑުވި މީހުން ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.

Ads by MWSC

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ފަރުމަސްވެރިކަން ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަަށް ލިބުނީ މިއަދު ހެނދުނު 6:11 ހާއިރު ކަމަށެވެ.

ތިން ދިވެހިންނާ އެކު ދަތުރުކުރި އެ ޑިންގީ ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ހަކުރާ" އިންނެވެ. އެ މަސައްކަތުން ޑިންގީ ފެނިފައި ވަނީ މާހަލާ ދިމާ، ދެކުނުން މަގުބެއްދިއާ ދިމާލުން 09:32 ހާއިރު އެވެ.

ޑިންގީން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!