ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކްކުރުމަކީ ހައްލެއް ނޫން: އެމްއެމްސީ
ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކްކުރުމަކީ ހައްލެއް ނޫންކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)އިން ބުނެފި އެވެ.
އެމްއެމްސީއެން އެކަން ހާމަކުރީ ރަޖިސްޓްރީނުކޮށް ހިންގާ ރާއްޖޭގެ ނޫހެއް ކަމަށްވާ ދިޔަވަރު ނޫހުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ އެެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން ނެރުނު ނޫސް ބަޔާނުގަ އެވެ.
އެމްއެމްސީން ބުނީ މި އަހަރުގެ ތެރޭގައި އެ ކައުންސިލްއަށް 77 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 63 މައްސަލައަކީ "ދިޔަވަރު" ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ބައެއް ފޮޓޯތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކެއް ކަަމަށެވެ.
އަދި އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގިނަ ކޮންޓެންޓްތަކަކީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން އަމަލުކުރަންޖެހޭ އަހްލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔުންތަކެއްކަން އެމްއެމްސީން ފާހަގަކޮށްފައިވެ އެވެ.
އެމްއެމްސީން ބުނީ ރަޖިސްޓްރީނުކޮށް ރާއްޖޭގައި ހިންގާ ވެބްސައިޓުތަކުން ގާނޫނާއި ގަވައިދުތަކާއި މީޑިއާތަކުން އަމަލުކުރަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ހަބަރުތައް ފަތުރާނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ މީޑިއާ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެެވެ.
ނަމަވެސް ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ގޮތެއް އަދި ނުވަތަ އެޅޭނެ ފިޔަވަޅުތަކެއް ގާނޫނާއި ގަވައިދާއި ޝަކުވާ ބެލުމުގެ އުސޫލުގައި ބަޔާންކޮށްފައި ނުވާކަމަށް ވެސް އެމްއެމްސީން ބުންޏެވެ.
"އެހެން ނަމަވެސް ހަގީގަތާ ހިލާފް ހަބަރު ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކް ކުރުމަކީ އެ މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމެއް ގޮތުގައި މި ކައުންސިލްއިން ނުދެކެމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ ރާއްޖެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ވަރަށް ބޮޑަށް ފަހަތަށް ދާނެކަމަށް ގަބޫލުކުރެވެެ އެވެ" އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެފަދަ މައްސަލަތަކުގައި ނިންމާފައިވަނީ "މިސްއިންފޮމޭޝަން" އަށް އާންމުން ހޭލުންތެރިކުރުން ކަަމަށް ބުނެފައިވެ އެވެ.
ވެބްސައިޓް ބްލޮކް ކުރުމަކީ ފޫނެތް ފާތްވަކުން ފެންފުރުން ފަދަ ކަމެއް! މިކަމުގެ ހިތި ތަޖްރިބާ ކުރެއްވި ރ.މައުމޫނު ެމަނިކުފާނުގެ ފަހުފަސްއަހަރުގަ. ކޮމްޕިއުޓަރ ތަންކޮޅެއް މަދުވެސް ދުވަސްކޮޅަކު ދިވެހީންގެ ހޭލުންތެރިކަން ފެނިގެން ދިޔައީ ދިވެހިއޮބްސާރވަރ ބްލޮކްނުކުރެވިގެން! ދައުލަތުގެ މެކޭނިޒަމްތެރޭ ހިގަމުން ދިޔަހާ ޖަރީމާތައް ދިވެހިއޮބަސަރވަރތެރެއިން ރައްޔިތުންނަށް އެނގިގެން. ދެން ދަންނަވާލަން ޖެހެނީ ވެރިކަމަށް ވަޑައިގަންނަވަން ހައްދަވާ ބުހުތާން ދޮގުތަކުގެވާހަކަ! ޑރ. މުއިއްޒުގެ ވަޢުދުނާމާގަ ދިވެހީންގެ ރާއްޖެއިން ދިވެހީންނަށް ލިބެންހުރި ތަކެތީގެވާހަކަ ޚުލާސާކޮށްލަންވެސް ދިގު! އެކަމު ތަޙްތުގައި އިށީނދެވަޑައިގަތުމަށްފަހު ވަޢުދުތައް ވެގެންދިޔައީ ބިލާހަކަށް. މިކަންތަކުގެވާހަކަ ހަޖަމް ނުކުރެވިގެން ވެބްޑިވެލޮޕަރުން އެއްތަންކޮށްގެން އެމީހުނަށް ފައިސާތަކެއްދީގެން ކުރައްވަން އުޅުއްވާ މަސައްކަތުގެ ބޭނުމެއްނުފުދިދާނެ. ތިކަންތައް ކުރެއްވުމަށް ވުރެން މާމުހިއްމު މިޤައުމުގައި ސްޕާގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރަންޑީން ގެނެސްގެން ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރުން. މިކަމަކީ އާކަމެއްނޫން. މިކަންތައް ހުއްޓުވަން ނޫނީ ހުސްކޮށް ދިވެހިފުލުހުން ބޭނުންވާނީ ތިންގަޑިއެއްހާއިރު.