ޚަބަރު

ވެސްޓް ޕާކް ޖެޓީ ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ވެސްޓް ޕާކާ ދިމާލުގައި މަސް ބޭނުމަށް ހަދާފައިވާ ޖެޓީ ބިންދައިގެން ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

Ads by MWSC

މިއަދު 17:57 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވީ އެ ޖެޓީ މަތީގައި މަސް ބާނަން ތިބި ދެ މީހަކަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ މަސްބާނަން ތިބެން އެތާގައި ހަދާފައި ހުރި ހަތަރު ބްލޮކްގެ ތެރެއިން މެދުގައި އިން ދެ ބްލޮކް ވެއްޓިގެން ކަމަށެވެ.

ވެއްޓުނު ދެމީހުންގެ ތެރެއިން އެކަކުގެ ފައިގެ ދައްފުއް ކަފައިގެން ގޮސްފައިވާ ކަމަށާއި މިހާރު އައިޖީއެމްއެޗުގައި އެދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.

ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ފުލުހުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!