ފެނަަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ. އޮފިޝަލް ވިދާޅުވީ ސައީދުގެ ޕާސްޕޯޓް ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އޮފިޝަލް ހިއްސާއެއް ނުކުރެ އެވެ.
މިދިޔަ ޖުލައި މަހު އޭސީސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނިގޮތުގައި ނިިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން 4 ބިލިއަން ރުފިޔާ އިން ދަރުވާލީ، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވަކިކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވަނިކޮށެވެ.
އެހެންވެ ނިމިގެން ދިޔަ ސަރުކާރުގައި އޭސީސިގެ ހުރިހާ މެމްބަރުން ވަކިކުރީ އެ މައްސަލައިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވަނީ ތުހުމަތުކުރައްވައިފަ އެވެ
އޭސީސީން ދަނީ ސައީދާ ގުޅޭ ބޮޑެތި މައްސަލަތަކެއް ބަލަމުން ނެވެ.
ފެނަކައިގެ މިހާރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ދެއްކި ނަމަވެސް ބައެއް މަޝްރޫއުތަކުން ހަމައެކަނި ފެންނަން ހުރީ ހަމައެކަނި ފާރު ކަމަށެވެ.