Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

އިންޑިއާގައި ބަނގުރާ ކަމަށް ހީކޮށް ސެނިޓައިޒަރ ބުއި މީހަކު މަރުވެއްޖެ

އިންޑިާގައި ބަނގުރާ ކަމަށް ހީކޮށް ސެނިޓައިޒަރު ބުއި މީހަކު މަރުވެއްޖެއެވެ.

ކެރެލާގެ ޕަލައްކަޑްގައި ހުންނަ ޖަލެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކަމަށްވާ ރަމަންކުއްޓީ މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓު ކުރީ ހޭނެތިގެން ޖަލުތެރެއަށް ވެއްޓުމާ ގުޅިގެންނެވެ.

"އަހަރެމެންނަށް ޝައްކުކުރެވެނީ އޭނާ ބުއީ ޖަލުގައި ގައިދީން އުފައްދާ ސެނިޓައިޒަރ ފުޅިއެއް ކަމަށް." ޖަލު އޮފިޝަލަކު ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ޖަލުގައި ބޭނުން ކުރާ ސެނިޓައިޒަރުގައި ގިނައިން އެކުލެވެނީ އައިސޯޕްރޮޕީސް އަލްކަހޯލް އެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި އެ މީހާ މަރުވި ސީދާ ސަބަބު އެނގޭނީ ޕޮސްޓްމޯޓަމް ހެދުމުން ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ކެރެލާގެ ގައިދީން ވަނީ ސެނިޓައިޒަރު ލިބުމަށް ދަތިވުމާ ގުޅިގެން އަމިއްލަ ސެނިޓައިޒަރު އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން މާސްކު ލިބުން ދަތިވުމާ ގުޅިގެން ކެރެލާގެ ގައިދީން ވަނީ ދެ ދުވަސް ތެރޭ 6،000 އަށް ވުރެ ގިނަ މާސްކު ވެސް އުފައްދާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް