ޚަބަރު

ބީއެމްއެލްގެ ލުޔަކީ ބޮޑު އޮލުވާލުމެއް!

ދެން އެމްވީ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯން ނަގާފައިވާ ފަރާތްތަކުގެ ލޯން ދެއްކުން ހަމަހަށް ފަސްކޮށް، މި ހަ މަހުގައި ވެސް އިންޓަރެސްޓް އަރާ ގޮތަަށް ހަމަޖައްސާފައި އޮތް އޮތުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް ޢަބުދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.

ލޯން ދެއްކުން ހަ މަހަށް ފަސްކޮށް އެ ހަމަހަށް ވެސް އިންޓަރެސްޓް އަރާގޮތަށް އޮތް އޮތުމަކީ އާދަޔާޚިލާފު އިންޓަރެސްޓެއް ކަމަށް ފާހަގަ ކުރަމުން ޝައިޚް ސަޢުދާން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ މިހާރު ހަމަޖައްސާފައި އޮތް ގޮތަކީ "ލާރި ނުދެއްކިޔަސް ނުބުނެ ގިނަ ވަންދެން މަޑުކުރުން" ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ބޭފުޅުންނަށް ލުއިކޮށް ދިނުމުގެ ގޮތުން ކަމަށް ބުނެ ހަމަސް ދުވަސް އެ ބޭންކުން ލޯނު ނަގާފައިވާ ބޭފުޅުންނަށް ފައިސާ ނުދައްކާ ގޮތަށް ލުއިކޮށްދީފައިވަނީ އިންޓަރެސްޓް އަރާ ގޮތަށެވެ. އޭގެ މާނައަކީ ބޭންކަށް ލާރި ނުދައްކާ ދާ ދުވަސްތަކަށް ގުނަވާ ތަށް (ކޮމްޕައުންޑު އިންޓަރެސްޓް) ހަމަ އިތުރަށް ލާރި އަރަމުން ދާނެއެވެ. ކުރުގޮތަކަށް ބުނާނަމަ ލާރި ނުދެއްކިޔަސް ނުބުނެ ގިނަ ވަންދެން މަޑުކުރާނީ އެވެ." ޝައިޚް ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!