މުނިފޫހިފިލުވުން

ބަދިގޭގައި ބޭނުންކުރާ ކަތުރަކުން އަނުޝްކާ ފިރިމީހާގެ ބޯ ކޮށައިދީފި

ދެން އެމްވީ

މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 އިންޑިއާގައި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެގައުމު ވަނީ 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

އިންޑިއާ ލޮކްޑައުން ކުރުމުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ ، މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ދަނީ އެކުގައި ވަގުތު ހޭދަކުރަމުންނެވެ.

އަނުޝްކާ ޝަރްމާ އިންސްޓަގްރާމުގައި ހިއްސާ ކުރި ވީޑިއޯއަކުން ފެންނަނީ ފިރިމީހާ ވިރާޓް ކޮލީގެ ހެޔަރ ސްޓައިލިސްޓަށް ވެގެން ވިރާޓްގެ ބޯކޮށައިދޭ މަންޒަރެވެ. އަނުޝްކާ އަދި ވިރާޓްގެ ކައިވެނި އެދެމީހުންގެ ސަޕޯޓަރުންނަށް ވީ ހުވަފެނީ ކައިވެންޏަކަަށެވެ. އެދެމީހުން އިންނާނެ އިރަކަށް އެތައް ބަޔަކު އޭރު އިންތިޒާރު ކުރިއެވެ.

އަނުޝްކާ ބަދިގެ ތެރޭގައި ބޭނުންކުރާ ކަތުރަކުން ފިރިމީހާގެ ބޯކޮށަން އިނީ ކުޑަކުއްޖެއްހެން އެކްސައިޓެޑް ވެފައެވެ. އަނުޝްކާ ބޯކޮށައިދެމުން ގެންދިޔައީ ފިރިމީހާ ކިޔައިދޭ ގޮތަށެވެ. އަނުޝްކާ ވަނީ މީގެ ދެތިން ދުވަސް ކުރިން އަމިއްލައަށް ކޭކެއް އަޅައިގެން ބައްޕަގެ އުފަންދުވަސް ވެސް ފާހަގަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!