ދުނިޔެ

ކޯވިޑް19: އެންމެ ފަސް މިނެޓުން ޓެސްޓް ހެދޭ ކިޓެއް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 އަށް ޓެސްޓް ކުރުން ވެސް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ސަބަބަކަށް ވެފައިވަނީ ކޯވިޑް 19 އަށް ކުރާ ޓެސްޓްތަކުގެ ނަތީޖާ ލިބުން ލަސްވުމެވެ.

Ads by Sosun Fihaara

މިހާރު މިވަނީ އެކަންް ހައްލުކޮަށް 5 މިނެޓުން ނަތީޖާ ލިބޭ ޓެސްޓް ކިޓެއް އުފައްދާފައެވެ.

އަބޮޓް ލެބޮރިޓީސް އިން 5 މިނެޓުން ކޯވިޑް 19 އަށް ޓެސްޓް ކުރެވޭ ގޮތަށް އުފެއްދީ މޮލިކިއުލަރ ކިޓެކެވެ. މި ޓެސްޓަކީ ވަރަށް ފަސޭހައިން ހެފޭ ޓެސްޓެކެވެ. ނޭފަތުން އަރިދަފުސް ނުވަތަ ކަރުކެހިފައި ކަރުބުޑުން ޖަހާ ކުޅުކޮޅެއް ބޭނުން ކޮށްގެން ޓެސްޓް ކުރެވޭނެއެވެ. އެބޮޓުން ވަނީއޭޕްރީލްގެ ފުރަތަމަ ހަފްތާ ނިމުމުގެ ކުރިން 50000 ޓެސްޓް ކިޓު ހެދުމަށް ނިންމާފައެވެ.

އެބޮޓުން ތައްޔާރު މިކުރި ޓެސްޓް ކިޓުގެ ސަބަބުން ވަރަށް ގިނަ ވަގުތު ސަލަމާތް ވުމުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް ބަލި ހުރިތޯ ބެލުމަށް ޓެސްޓުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިހާތަނަށް ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ހަލައްކައަށް އަރާފައިވާއިރު މިބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 27000 އަށް އަރައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!