ޚަބަރު

ފުނަދޫއާއި ތިނަދޫއިން މަސްތުގެ ހާލަތުގައި ތިބި ބަޔަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ށ. ފުނަދޫ އާއި ގދ. ތިނަދޫއިން ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތްތައް ބޭނުން ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ ށ. ފުނަދޫގައި ހިންގި އޮޕަރޭޝަންގައި ރޭ 10:20 ހާއިރު އެ ރަށުގެ އުތުރުކޮޅު ވަލުތެރެއިން ބަނގުރަލާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެރަށުގެ ގޮނޑުދޮށް ސަރަހައްދުގައި ބަނގުރާ ބޮއި މަސްތުވެގެން ތިބި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ރަށުން ވަނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފަސް ލީޓަރުގެ ފުޅިއަކާއި ބައި ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ އެއް ފުޅި ހޯދައިފައެވެ.

މީގެއިތުރުން ފުލުހުން ވަނީ ގދ. ތިނަދޫގައި މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އެމީހާ ހުއްޓުވިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ސެލިފޯންކޮޅު ފެނިގެން އޭނާ ހައްޔަރު ކޮށްފައެވެ. އެއީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީން ބަނގުރާ ކެއްކުމާއި ބަނގުރާ ބޭނުން ކުރަމުންދިޔަ 15 މީހަކު ހައްޔަރުކޮށްފައިވާއިރު ލ. ގަމުން ވެސް ވަނީ 16 އަންހެން ކުޑަ ކުއްޖަކާއެކު ބަޔަކު ހައްޔަރުކޮށްފަ އެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!