ދުނިޔެ

ކޯވިޑް19: އަނެއްކާވެސް އިންޑިއާ ފުލުހުންގެ ތަފާތު ހަރަކާތެއް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަަހުގެ ސަބަބުން އިންޑިއާ 21 ދުވަހުގެ ލޮކްޑައުން އަކަށް ގޮސްފައިވާއިރު، އެގައުމުގެ ފުލުހުން ދަނީ ގަވައިދާއި ހިލާފަށް ބޭރަށް ނިކުމެ އުޅޭ މީހުން ގެޔަށް ވެއްދުމަށް އެކި އުކުޅުތައް ބޭނުން ކުރަމުންނެވެ.

Ads by Sosun Fihaara

މަހަރަޝްތުރާ ގެ ފުލުހުން މިވަނީ އެ ސިޓީގައި ލޮކްޑައުން އާއި ހިލާފުވެ ބޭރަށް ނިކުމެ އުޅޭ މީހުން ގެޔަށް ވެއްދުމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ ލަވަތައް މަގުމަތީގައި ތިބެގެން ކިޔާފައެވެ. ހަ ފުލުހުން މާސްކު އަޅައިގެން ތިބެގެން މައިކްރޯފޯނު ބޭނުންކޮށްގެން ވަނީ ލަވަ ކިޔާފައެވެ.

މަހަރަޝްތުރާ އަކީ ކޯވިޑް 19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ސިޓީއެވެ. އެ ސިޓީން ވަނީ 130 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އިންޑިއާގެ ބެންގަލޫރު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ތަބަރަކް ފާތިމާ ވެސް ވަނީ ކޮރޯނާ ވައިރަހަށް މީހުން ހޭލުންތެރި ކުރުމަށް މަގުމަތީގައި މައިކުން ލަވަ ކިޔާފައެވެ.

ފާތިމާ އެލަވައިގައި ކީ އަބަދުވެސް އަތް ސެނެޓައިޒް ކުރުމަށް ހަނދާން ކުރުމަށާއި ބޭރަށް ދާނަމަ މާސްކް ބޭނުން ކުރުމަށެވެ. ކެރަލާ ، ޕަންޖާބު އަދި އަންދުރަ ޕްރަދޭޝްގެ ފުލުހުން ވެސް ވަނީ ލަވަކިޔައިގެން މީހުން ކޯވިޑް 19 އަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!