މުނިފޫހިފިލުވުން

ގިނަ ބައެއްގެ އެދުމުގެ މަތިން "ވިޝްކާ" ބައިސްކޯފަށް

ދެން އެމްވީ ، ދެން އޮންލައިން

2017 ވަނަ އަހަރު ދިވެހި ސިނަމާގައި ނިކުތް ފިލްމުތަކުގެ ތެރެއިން ، އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް ފިލްމަކީ ޔާރާ ޕްރޮޑަކްޝަންސްގެ ފަރާތުން އުފެއްދި ފިލްމު "ވިޝްކާ" އެވެ.

Ads by STELCO

އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް، ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ މިފިލްމުގެ ލީޑް ރޯލުން ވެސް ފެނިގެން ދަނީ މި ދެތަރިންނެވެ.
އެކްޝަން ތްރިލާރ އެއް ކަމަށްވާ "ވިޝްކާ" ވަނީ ނިމިދިޔަ ދިވެހި ފިލްމު އެވޯޑުން ވެސް ގިނަ އެވޯޑުތަކެއް ހާސިލް ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު އެކްޓްރެސްގެ މަގާމާއި އެންމެ މޮޅު ފިލްމުގެ މަގާމު ވެސް ހިމެނެއެވެ. މީގެ އިތުރުން އެއަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ވެސް މިފިލްމު ބައިވެރިކޮށް، މިފިލްމުގައި ކުޅުނު ރޯލުން ރިޝްމީ ވަނީ އެންމެ މޮޅު އެކްޓްރެސް ކަމުގެ މަގާމުވެސް ހާސިލް ކޮށްފައެވެ.

2017 ވަނަ އަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހު ނެރުނު މިފިލްމުގައި މަޝްހޫރު ފިލްމީތަރި އަހްމަދު ސައީދުވެސް މުހިންމު ރޯލެއް ކުޅެފައިވެއެވެ.

"ވިޝްކާ" އަށް ލިބުނު ކާމިޔާބީގެ ސަބަބުން ގިނަ ބަޔަކުވަނީ އެފިލްމު އަދި އެއްފަހަރު ނަމަވެސް އެޅުވުމަށް ފިލްމުގެ ޕްރޮޑިއުސަރގެ ކިބައިން އެދިފައެވެ. އެގޮތުން ރިޝްމީ އޭނާގެ އިންސްޓަގްރާމްގައި ބެލުންތެރިން އޭނާއާއި ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލާ ކޮންމެ ފަހަރަކުވެސް، ގިނަ މީހުން އެންމެ އެދޭ އެއް ކަމެއްގެ ގޮތުގައި "ވިޝްކާ" އެޅުވުން ހިމެނެއެވެ.

ބެލުންތެރިންގެ އެއެދުމަށް ރިޝްމީ މިވަނީ ބޯލަނބާފައެވެ. އަދި މިހާރު އެންމެ ގިނަ މީހުން ބޭނުންކުރާ އެއް އެޕްލިކޭޝަން ކަމަށްވާ "ބައިސްކޯފަށް" މިމަހުގެ 30 ވަނަ ދުވަހު "ވިޝްކާ" އަންނާނެ ކަމުގެ އުފާވެރި ޚަބަރު ރިޝްމީވަނީ ބެލުންތެރިންނަށް ދީފައެވެ.

ރިޝްމީ ބުނިގޮތުގައި ބައިކޯސްފުން "ވިޝްކާ" ދައްކާނީ ބައިބަޔަކަށް ނޫނެވެ. މުޅި ފިލްމު އެއްކޮށެވެ.
ނަމަވެސް މިފިލްމަކީ ރޭޓެޑް އާރް ފިލްމަކަށްވެފައި، ފިލްމުގައި ބޭނުން ކޮށްފައިވާ "ބަހުރުވައިގެ" ސަބަބުން މިއީ އާއިލާގެ އެންމެން އެއްކޮށްގެން، ޚާއްސަކޮށް ކުޑަ ކުދިންނަށް ފެނި އިވޭނެ ގޮތަށް، ބެލުމަށް އެންމެ އެކަށީގެންވާ ފިލްމެއް ނޫނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!