ޚަބަރު

ގޭގައި ތިބޭ މީހުންނަށް ޑރ. މުހައްމަދު އަލީގެ ޝުކުރު!

ދެން އެމްވީ

ކޮވިޑް-19އާ ގުޅިގެން ސިއްހީ އިދާރާގެ އެންގުމަށް ތަބާވެ ގޭގައި ތިބޭ މީހުންނަށް ޑރ. މުހައްމަދު އަލީ ޝުކުރު ދަންނަވައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރަށް ނުނިކުމެ ގޭގައި ތިބެން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އެކަމުން ފަހުން ފައިދާ ކުރާނެ ކަމަށެވެ. އޭނާ ވަނީ ގޭގައި ތިބި އެންމެންނަށް އަމިއްލަ ހައިސިއްޔަތުން ޝުކުރު އަދާކޮށްފައެވެ.

"އަދި ރާއްޖޭގެ ކޮވިޑް-19 ނުފެތުރެއޭ ބުނެ އެއްވެސް ފަރުވާލެއް ނެތި ބޭރުގައި ދުވާ މަދު ބަޔަކަށް ބުނެލަން އޮތީ ދުވަސް ކޮޅެއް ފަހުން ނުބުނައްޗޭ އަހަރެމެން އިންޒާރު ނުދިނިއްޔޭ." ޑރ. މުހައްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި ޑޮކްޓަރުން އަންނަނީ ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުދިއުމަށް އިލްތިމާސް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!