ޚަބަރު

ޔޫއޭއީގައި އެއްވެސް ދިވެއްސެއް ކޮވިޑް-19އަށް ފައްސިވެފައެއް ނުވޭ: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ޔޫއޭއީގައި އެއްވެސް ދިވެއްސެއް ކޮވިޑް-19އަށް ފައްސިވެފައި ނުވާކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ އެކަމާގުޅިގެން ޔޫއޭއީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މަޢުލޫމާތު ޙިއްސާ ކޮށްފައިވާ ކަމަށާއި އެގޮތުން އެމީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.

ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ފައްސި ވެއްޖެކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ފައްސިވި ވެފައިވާކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 16 މީހުން ފައްސިވެފައިވާއިރު، އޭގެ ތެރެއިން 11 މީހަކު މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!