ޚަބަރު

ކޮވިޑް-19: ލަކްސް ރިސޯޓާއި ކާގޯ ބޯޓަކުން 2 މީހަކު ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ލަކްސް ނޯތް މާލެ އެޓޯލް ރިސޯޓާއި ކާގޯ ބޯޓަކުން ކޮވިޑް-19 އަށް ޝައްކުވި ދެ މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ ލަކްސް ރިސޯޓުން ޝައްކު ކުރެވެނީ ދިވެއްސަކަށް ކަމަށާއި އެމީހާގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ.

އެ ރިސޯޓުގެ އިތުރުން ރާއްޖެ އައިސްފައިވާ ކާގޯ އުޅަނދަކުން ބިދޭސީއަކު ބައްޔަށް ޝައްކު ކުރެވޭތީ އެ އުޅަނދު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 11 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!