ދުނިޔެ

2021 ނިމެންދެންވެސް ކޮވިޑު-19 އޮވެދާނެ ކަމަށް ލަފާ ކުރެވޭ: ޞިއްޙީ މާހިރުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއަންނަ 2021 ވަނަ އަހަރު ނިމެން ދެން ވެސް ކޮވިޑު-19 އޮވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމެރިކާގެ ސިއްޙީ މާހިރުން ބުނެފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ ކޮވިޑު-19 ފެތުރިފައިވާ ސަރަހައްދު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި ދެން މާ ގިނަ ދުވަސްތަކެއް ނުވެ މި ބަލި ނެތިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ މަޝްހޫރު ސިއްޙީ މާހިރެއް ކަމަށްވާ އެންތޮނީ ފައުސީ ބުނެފައިވަނީ މި ބަލި 2021 ވަނަ އަހަރު ނިމެންދެން ވެސް އޮންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ފައުސީ ބުނެފައިވަނީ 2021 ވަނަ އަހަރު މި ބަލި ފެތުރުން މަދުވެދާނެ ކަމަށާއި ނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅަށް މި ބަލި ދެމިގެން ގޮސްދާނެ ކަމަށެވެ.

ޗައިނާގެ އަވަށެއްކަމަށް ވާ ވޫހާން އިން ފެތުރެން ފެށި މި ބަލި މިހާރު ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ދުވާލަކު ދުނިޔޭގެ އެތައް ހިސާބަކުން އެތައް ބަޔަކަށް މި ބަލި ޖެހި އެތައް ބަޔަކު ދަނީ ދުނިޔެއާ އަލްވަދާއު ކިޔަމުންނެވެ. ހަމައެހެންމެ ކޮވިޑްގެ ސަބަބުން އާންމުންގެ ދިރިއުޅުން ވަނީ އެތައް ގޮތަކުން ބަދަލުވެފައެވެ. 

މުޅި ދުނިޔެއިން ވެސް މިބައްޔަށް މިހާތަނަށް 3 ކަރޯޑާއި ގާތްކުރާ އަދަދަކަށް މީހުން ފައްސިވެފައިވާ އިރު، 924،000 މީހުން މިބަލީގައި ދުނިޔެ ދޫކޮށްފައި ވެެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!