ދުނިޔެ

ޑޮކްޓަރެއްގެ ގުރުބާނީ : ދިރިއުޅުން ޓެންޓަކަށް ބަދަލުކޮށްލީ އާއިލާގެ ރައްކާތެރިކަމަށްޓަކައި

ދެން އެމްވީ ، ދެން އޮންލައިން

ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ކޮވިޑް19 އަށް ފަރުވާ ދިނުމަށްޓަކައި ހަރަކާތްތެރިވާ ޑޮކްޓަރެއް ސެލްފް އައިސޮލޭޓު ވުމުގެ ގޮތުން ޓެންޓެއްގައި ދިރިއުޅެން ފަށައިފިއެވެ. އޭނާ ޓެންޓުގައި އުޅެނީ ހޮސްޕިޓަލުގައި ޑިއުޓީގައި އުޅުމަށްފަހުގައެވެ.

Ads by Sosun Fihaara

ޑރ. ޓިމީ ޗެންގް ބުނި ގޮތުގައި އޭނާ މިގޮތަށް ދިރިއުޅުން ބަދަލުކުރީ އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން އޭނާ ކޮންމެ ރެއަކުވެސް ނިދަން ދަނީ އޭނާގެ ގަރާޖުގައި ހަދާފައިވާ މި ޓެންޓަށެވެ. ޑރ. ޓިމީ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ ގެދޮރުނެތި ފަގީރު ހާލުގައި އުޅެމުން ވެސް އޭނާގެ ސަބަބަުން އަންހެނުންނަށާއި ދަރިފުޅަށް ވައިރަސް ޖެހުމުން ރައްކާތެރިކޮށްދޭނެކަމަށެވެ.

އެންމެ ފުރަތަމަ ވައިރަހުގެ ކޭސްތަކުގައި މަސައްކަތްކުރި ރޭ ޓިމީ ނިދާފައިވަނީ އޭނާގެ ކާރުގައި ކަމަށާއި ޖެހިގެން އައި 5 ދުވަހުވެސް ނިދީ ހޮސްޕިޓަލުގައި ކަމަށް ޓިމީ ބުނިކަމަށް ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ގޭގެ ގަރާޖުގައި ޓެންޓެއް ހަދައި އޭގައި ދިރިއުޅުމަކީ އޭނަގެ އަންހެނުން ދިން ހިޔާލެއް ކަމުގައި ވެސް ޓިމީ ބުނެފައިވެއެވެ.

ޑރ. ޓިމީ އަކީ ޔޫސީއައި މެޑިކަލް ސެންޓަރ ގައި ކްރިޓިކަލް ސްޕެޝަލިސްޓެކެވެ.

މިގޮތުގައި ކިތަންމެ މަހެއް ހޭދަކުރަން ޖެހުނަސް އޭނާގެ އާއިލާ ސަލާމަތުން ތިބިހައި ހިނދަކު އޭނާއަށް ފަރުވާއެއް ނެތްކަމަށް ވެސް ޓިމީ ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވުމާއެކު މި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ހޮސްޕިޓަލު ތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނެވެ. މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ހާސް ސިއްހީ ހިދުމަތްތެރިންނަކަށް ވަނީ މި ބަލި ޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!