ދުނިޔެ

ކޯވިޑް19: ޗައިނާއަށް ވުރެ 3 ގުނަ އިތުރު މީހުން އިޓަލީއިން މިހާތަނަށް ވަނީ މަރުވެފައި

ދެން އެމްވީ ، ދެން އޮންލައިން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 899 މީހުން މަރުވެ، ކޮވިޑް19 ޖެހިގެން އިޓަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 10,023 އަށް އަރާފައެވެ. މިއީ މި ވައިރަސް އުފެދުނު ގައުމު ކަމަށްވާ ޗައިނާއާއި އަޅާ ބަލާއިރު 3 ގުނަ އިތުރު އަދަދެކެވެ. ޗައިނާގައި ވައިރަހުގެ ސަބަބުން މަރުވެފައިވަނީ 3300 މީހުންނެވެ.

Ads by Sosun Fihaara

އިޓަލީއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ދެވަނައަށް އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ގައުމެވެ. 92,472 މީހުން އިޓަލީއިން ޕޮސިޓިވް ވެފައިވާއިރު އެންމެ ގިނަ މީހުން މިހާރު ކޮވިޑަށް ޕޮސިޓިވް ވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 123,428 މީހަކު މިހާރު ވަނީ ވައިރަހަށް ޕޮސިޓިވްްވެފައެވެ.

އިޓަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހުކުރު ދުވަހުއެެވެ. އެ ދުވަހު އިޓަލީއިން 919 މީހުން މަރުވެފައިވެއެވެ. މަރުވާ މީހުންގެ އަދަދު އިޓަލީގައި އިތުރުވަމުން އަންނަ އިރު އަންގާރަ، ބުދަ އަދި ބުރާސްފަތި މި ތިން ދުވަހު އިޓަލީން ވަނީ ޖުމްލަ 2028 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ވައިރަސް ރެކޯޑު އަދަދަކަށް ފެތުރި ވައިރަހުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކާތެރިވަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކޮށްފައިވާއިރު ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުންދަނީ އެެމެރިކާ، އިޓަލީ، އަދި އީރާންގައެވެ. ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުން 662,967 މީހުން ވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. އަދި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު 30,851 އަށް އަރާފައިވާއިރު އެއްލައްކަ މީހުންނަށް ޝިފާ ލިބިފައިވެއެވެ. މިހާރު އެރޯގާއަށް ފަރުވާ ލިބިގަންނަ މީހުންގެ އަދަދަކީ490,163 އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!