ސިޔާސީ ވެރިންނަށް ފައިދާވާނެ ގޮތަށް މަސައްކަތްނުކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ބާނީންގެ މަސައްކަތް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް އެހެން އިލްތިމާސް ކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގެ ހޯލުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ގައުމަށް ފައިދާހުރި ގޮތަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ބާނީން، ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރުން ކަމަށެވެ.
"ސިޔާސީ ގޮތުން ގައުމަށް ލޯބި ނުކުރާ، ދިވެހިންގެ ފަޅީގައި، ރައްޔިތުންގެ ފަޅީގައި ނެތް ސިޔާސީ ވެރިން ތިބޭފުޅުންގެ ފައިދާ ނާޖާއިޒް ގޮތުގައި ނެގިޔަ ނުދެއްވާށޭ،" ޓޫރިޒަމް ބާނީންނަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ ޑޮލަރު މާރުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ބާނީން އެކަމާއި ދެކޮޅު ހައްދަވައި، ރައީސްއަށް ސިޓީ ފޮނުވަމުންދާ ދަނޑިވަޅެއްގަ އެވެ.
މިރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޑޮލަރު މާރުކުރަމުންދާނަމަ، މާރުކުރަން ޖެހޭނީ ޓޫރިޒަމް އިންޑަސްޓްރީއަށް އާންމުކޮށް ވަންނަ އާމްދަނީގެ 15-20 އިންސައްތަ ކަމަށެވެ. އަދި އެހެން އެކަން ކުރުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް ހިއްސާކުރެއްވި އެވެ.
އެގޮތުން، ގަވާއިދާ އެއްގޮތަށް ޓޫރިޒަމް އިންޑަސްޓްރީއިން ޑޮލަރު މާރުކުރަމުންދާނަމަ، އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕެރެލަލް މާކެޓުގައި ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ބޭންކް ރޭޓުގައި 1،000 ޑޮލަރު ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިހާރު ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ބޭންކް ރޭޓުގައި ގަންނަން ލިބެނީ 500 ޑޮލަރެވެ.
"ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓް ކުރުމުގަ ބޭންކްތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ވެސް އިތުރުކުރުން. އެކަންތައް އިރާދަކުރެއްވިއްޔާ ޖެނުއަރީއިން ފެށިގެންޑޮލަރު މާރުކުރުމުގެ ކަންތައް ގަވާއިދާ އެއްގޮތަށް ޓޫރިޒަމް އިންޑަސްޓްރީއިން ކުރައްވާނަމަ، ޖުލައި އިން ފެށިގެން އެކަން ކޮށްދޭނަން،" ޑޮލަރު މާރުކުރުމުގެ ސަބަބުން ރައްޔިތުންނަށް ފައިދާވާނެކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަދި ކްރެޑިޓް ކާޑުގެ ލިމިޓް ވެސް އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޖަލްސާގައި މި ތަފްސީލް ދެއްވުމަށް ފަހު ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި، 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި، ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއްކަމުން، އެކަން ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސާބަހޭ ތީވެރިޔެއް ވެރިޔެއްވިއްޔާ ގަޓުހުންނާނެ މިރާއްޖޭގައިތިބަގައުމައްގައްދާރު އަމިއްލައެދުންބޮޑު މުނާފިގު ޔަހޫދީ ލުއްޗާ ވިޔަފާރިވެރިންގެ ފައިބުޑައްސަރުކާރުހިންގަންތިބަވެރިން ވެއްޓުމުގެހިތި މިއަދް ދިވެހިރައްޔަތުން މިދެކެނީ ސާބަހޭ ރައީސް ލުއްޗާވަގު ވިޔަފާރި ރިސޯޓު ހިންގާ ލުއްޗާމެން ސައިޒުކުރޭ