ކޮވިޑް-19: މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް
ޔޫރަޕާއި އެމެރިކާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
މިބަލީގައި މަރުވި މީހުންގެ ޢަދަދު 30,880 އަށްވުރެ މައްޗަށް އަރާފައިވާއިރު، ސީރިއަސް ޙާލުގައި 24،000 އަށްވުރެ ގިނަ މީހުން މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ.
ކޮވިޑް-19 ޖެހުނުމީހުންގެ އަދަދު 663,748 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، ބަލި ޖެހިފައި މިހާތަނަށް ރަގަނޅު ވެފައިވަނީ 142,184 ހާ މީހުންނެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުކަމަށް ދައްކާ އެމެރިކާގައި މިހާތަނަށް 123,750 އަށްވުރެ ގިނަ މީހުން ބައްޔަށް ފައްސި ވެފައިވެއެވެ. އަދި އެމެރިކާއިން މިހާތަނަށް 2,227 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އިޓަލީ ވިލާތުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 92،000 އަށްވުރެ މައްޗަށް އަރާފައެވެ. ބަލީގައި މިހާތަނަށް އިޓަލީން 10,023 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.