ޚަބަރު

ފުލުހުންގެ ތަމްރީނުން ފާސްވުމުން އެއްގަމު ލައިސަސްދޭ ގޮތަށް ހަދަނީ

ފުލުހުންދޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަސްދޭގޮތަށް މިއަހަރުގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެބަދަލު ގެނައުމާއެކު ރައްކާތެރިވުމުގެ ގޮތުން އެމީހަކަށް ނޫނީ އެބަޔަކަށް އެކަމަށް ވިސްނަން މަޖުބޫރު ކުރުވާނެ ކަމަށެވެ.

އެކަން އެގޮތަށް ހަމަޖެއްސުމުގެ މަގްސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށް ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުމުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ލައިސަސް ދީފައި ތިބި މީހުން ހުއްދަ އާކުރަން ނުޖެހޭނެ ކަމަށެވެ.

މެޝިނަކަށް ރީޑް ކުރާ ގޮތަށް ތައްޔާރުކުރެވޭ ނަމްބަރު ޕްލޭޓެއް ވެހިކަލްތަކުގައި ޖެހުމަށް ނިންމާފައިވާ ކަމަށާއި ސައިކަލެއް ނުވަތަ ވެހިކަލެއް ގެއްލިގެން ހޯދުމަށް އެކަމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!