ދުނިޔެ

ކޯވިޑް 19: އިޓަލީގައި ބަލިޖެހުނު 101 އަހަރުގެ މީހަކު ބަލިން ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިޓަލީގައި 101 އަހަރުގެ މީހަކު ކޯވިޑް 19 އިން ރަނގަޅުވެއްޖެއެވެ.

Ads by WAMCO

ނޯތު އީސްޓް އިޓަލީގެ ރިމްނީ އަށް ނިސްބަތްވާ އެމީހާ އުފަންވެފައިވަނީ ދުނިޔޭގެ ސްޕެނިޝް ފުލޫ އެންމެ ގަދަޔަށް ފެތުރުނު އަހަރު ކަމަށްވާ 1919 ގައެވެ. ސްޕެނިޝް ފުލޫ ޖެހިގެން އެ އަހަރު ވަނީ 50 މިލިއަން މީހުން މަރުވެފައެވެ.

މިސްޓަރ ޕީގެ ނަމުން މުޚާތަބު ކޮށްފައިވާ އިޓަލީގެ 101 އަހަރުގެ މި މީހާ މިހާރު ވަނީ ބަލިން ރަނގަޅުވެގެން ވަނީ ހޮސްޕިޓަލުން ގެޔަށް ދޫކޮށްލާފައެވެ. އޭނާ އަކީ ކޯވިޑް 19 އިން ރަނގަޅުވި އެންމެ ދުވަސްވީ އިޓަލީ މީހާއެވެ.

މީނާ ބަލިން ރަނގަޅުވީ، މުސްކުޅިންނަށް ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުވާނެ ކަމަށް ސިއްހީ މާހިރުން ބުނެފައިވަނިކޮށެވެ.

އިޓަލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އިން އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުގައި ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ 86 އިންސައްތައަކީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ.

މިހާތަނަށް އިޓަލީވެފައިވަނީ ކޯވިޑް 19 އެންމެ ގަދަޔަށް ފެތުރި އެންމެ ގިނަ މީހުންނަށް ބަލި ޖެހި އަދި މަރުވި ގައުމަށެވެ. އެގޮތުން އިޓަލީގައި 86000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު، 9134 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިޓަލީގައި މިދިޔަ ހުކުރު ދުވަހު އެކަނިވެސް ވަނީ 919 މީހުން މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!