ޚަބަރު

ކަރަންޓީންގައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭއިން) ބުނީ، މިފަހަރު ވެސް ވައިރަހަށް ފައްސިވެފައިވާ ދިވެހި މީހާ އަކީ، އިނގިރޭސިވިލާތުން އެނބުރި އައުމުން، ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައިވާ ދިވެއްސެއް ކަމަށެވެ.

މިއީ ކޮވިޑް-19އަށް ފައްސިވި ދެވަނަ ދިވެހި މީހާ އެވެ. ފުރިހަމަ ފައްސިވި ދިވެހި މީހާ އަކީ ވެސް އިނގިރޭސި ވިލާތުން މި މަހުގެ 22 ގައި ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި މީހެކެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް މި މަހުގެ 25 ގައި ފެނުމުން ސާމްޕަލް ޓެސްޓް ކުރިއިރު ޖެހިގެން އައި 26 ވަނަ ދުވަހު ނަތީޖާ ދެއްކީ ފައްސި ކަމަށެވެ. އެ މީހާ މިހާރު ވަނީ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.

އެޗްޕީއޭއިން ހަމަޖައްސާފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެހެން ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ކަރަންޓީނު މަރުކަޒެއްގައި 14 ދުވަހުގެ މުއްދަތަކަށް ބެހެއްޓުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!