މުނިފޫހިފިލުވުން

ކަނީކާ ހަތަރުވަނަ ފަހަރު ވެސް ކޯވިޑް19 އަށް ޕޮޒިޓިވް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޯވިޑް19 އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ހަތަރުވަނަ ފަހަރަށް ޓެސްޓް ކުރުމުން ވެސް ޕޮޒިޓިވްވެއްޖެއެވެ.

Ads by STELCO

ކަނީކާ ފުރަތަމަ ފަހަރަށް ކޯވިޑް 19 އަށް ޕޮޒިޓިވް ވެގެން ސަންޖޭ ގާންދީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިއުޓް އޮފް މެޑިކަލް ސައިންސްގައި އެޑްމިޓް ކުރީ މިމަހުގެ 20 ވަނަ ދުވަހެވެ.

ކަނީކާގެ އާއިލާ މެމްބަރަކު ނެޝަނަލް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަނީކާއަށް ހޮސްޕިޓަލުން ދެމުންގެންދާ ފަރުވާއިން އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އާއިލާއިން އިތުރަށް ބުނީ މިވަގުތު އިންޑިއާ ލޮކްޑައުން އެއްގައި އޮތުމުން އިތުރު ފަރުވާއަށް ކަނީކާ އިންޑިއާއިން ބޭރަށްވެސް ނުގެންދެވޭނެ ކަމަށާއި މިވަގުތު އޮތީ ކަނީކާ އަށްޓަކައި ދުއާ ކުރުން ކަމަށެވެ.

ބޭބީޑޯލް ލަވަ ކިޔައިން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ކަނީކާ ކޮރޯނާ ވައިރަސް ޖެހުމުން ފުރަތަމަ އެކަން ސިއްރު ކުރުމުން މީހުން ވަނީ ކަނީކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މީގެ އިތުރުން ފަރުވާ ކުޑަކުރުމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ވެސް ވަނީ ޕޮލިހަށް ހުށަހަަޅާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!