ދަރިފުޅުގެ ގައިން ކޯވިޑް19 ޖެހިދާނެތީ ގެއަށް ވަނުން މަނާކޮށްފި
އެކި ތަންތަނަށް ދަތުރު ދިޔަ ނިއުޔޯކްގެ 21 އަހަރުގެ ޒުވާނެއްގެ ފަރާތުން އޭނާގެ ގަައިން އާއިލާގެ ބާކީ ތިބި މެމްބަރުން އެބަލި ޖެހިދާނެތީ ގެއަށް ވަނުން މަނާ ކޮށްފިއެވެ.
އުމުރުން 21 އަހަރުގެ މެޓް ލެވިން ވަނީ ކޮލެޖުން ލިބުނު މިޑްޓާމް ބްރޭކްގައި އެކުވެެރިންނާއިއެކު ޗުއްޓީ ހޭދަކުރުމަށް ސައުތު ޕެޑްރޭ އައިލެންޑަށް ގޮސްފައެވެ. އޭނާ ދަތުރު ދިޔައީ ކޯވިޑް 19 ފެތުރެމުން ދާތީ ދަތުރު ދިއުން އޭނާގެ ބައްޕަ މަނާ ކޮށްފައި ވަނިކޮށެވެ.
ދަތުރު ދިޔަ ޒުވާނާ ކޮވިޑަަށް ޕޮޒިޓިވްކަން ޔަގީން ނޫން ނަމަވެސް އެޒުވާނާގެ ބައްޕަ އުމުރުން 52 އަހަރުގެ ޕީޓާ ލެވިނު ބުނީ އޭނާގެ ދަރިފުޅު ޓެކްސަސްގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު، ކޮންމެ ދުވަހަކު ގުޅާފައި އެނބުރި ގެއަށް ދިޔުމަށް ނަސޭހަތް ދޭ ކަމަށެވެ. ޕީޓާ ބުނީ ދަރިފުޅު މެޓް އޭނާ ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އުޅުނީ، ރައްޓެހިންނާއިއެކު އެކި ތަންތަނަށް ގޮސް މަޖާ ކުރުމުގައި ކަމަށެވެ.
ޕީޓާ ބުނީ ދަރިފުޅު ޓެކްސަސް އިން އެނބުރި އައުމުން އެގެޔަށް ނުވައްދާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. އެގޭގައި މެޓްގެ މާމައާއި ކާފަ ވެސް ދިރިއުޅޭ ކަމަށާއި އެމީހުންނަށް ބަލި ޖެހިއްޖެނަމަ އެކަމުގެ ނުރައްކާ ވަރަަށް ބޮޑު ކަމަށްވެސް ޕީޓާ ބުންޏެވެ.
ބައްޕަ ގެޔަށް ނުވެއްދުމުން މެޓް ޖެހުނީ އޭނާގެ ކޮލެޖްގައި އެކުވެރިންނާއިއެކު އުޅެމުންދިޔަ ކޮޓަރީގައި އުޅެން ދާށެވެ. ކޯވިޑް 19 ގެ ސަބަބުން އެކުދިންގެ ކޮލެޖްގެ ކްލާސްތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.