އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މީހަކަށް ދައުވާކުރަން ފޮނުވައިފި
ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކަށް އެރުން މަނާ ކޮށްފައި ވަނިކޮށް. ހއ.އަތޮޅުގެ ރިސޯޓަކަށް އެރި އެ ރިސޯޓުގެ މުވައްޒަކަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ހއ. އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓުގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެން މުވައްޒަފަކު އެރުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އޭނާ އަށް ދައުވާކުރަން މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ. މީގެކުރިން ވެސް ފުލުހުން ވަނީ މި އެންގުމާ ހިލާފުވި ފަރާތްތަކެއް ހައްޔަރުކޮށްފައެވެ.