ޚަބަރު

ކޮވިޑް-19: އިތުރު ދެ މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު ދެ މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މޫސާ މުރާދު ވިދާޅުވީ 13 މީހުން ރަނގަޅުވުމާއެކު މިހާރު ފަރުވާދެމުންދަނީ ފަހުން ކޮވިޑް-19އަށް ފައްސިވި ދެ ދިވެހިން އެކަނިކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ފައްސި ވެގެން ފަރުވާދެމުންދާ ދެ ދިވެހިންގެވެސް ޙާލު ރަނގަޅުކަމަށެވެ.

މިހާތަނަށް ޓެސްޓުގެ ނަތީޖާ ނެގެޓިވިވި މީހުން ދޫކުރަމުންދާނީ 30 ދުވަހުގެ ކަރަންޓީނު ކުރުމަށް ފަހު ކަމަށާއި އޭގެ ތެރެއިން ބަލި ބޮޑުވި މީހުން ދޫކުރާނީ ބަލީގައި ބަލާނެ އެންމެ ދިގުމުއްދަތަކަށް ބެލުމަށްފަހު ކަމަށްވެސް ޑރ.މުރާދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!