ހުޅުމާލެ ހޮސްޕިޓަލް ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް
އާސަންދަ ކުންފުނިން ހިންގަމުން އައި ހުޅުމާލެ ހޮސްޕިޓަލް ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
އިއްޔެ އިން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދައިން ވަނީ ދޫކޮށްލާފައެވެ. އެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައިވަނީ ސަރުކާރުން އެގޮތަށް ނިންމައި ޑިސެމްބަރު 26 ގައި އެކުންފުންޏަށް އަންގާފައިވާތީ އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ތަރުޖަމާން އިބްރާހިމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް މިވަގުތު ހިންގަމުންދާނީ އާސަންދަ ކުންފުނިން ކަމަށާއި ނަމަވެސް މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރާނެ ކަމަށެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގާނީ ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލް ކަމަށާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.