ޚަބަރު

އަންހެން ދަރިފުޅަށް ޖިންސީ އަނިޔާކުރި ބައްޕައަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރަމުންދިޔަ މައްސަލައެއް އިއްޔެ ހުށައެޅިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ އިރޮއޮއްސުނު ވަގުތު އެވެ.

މިއަހަރު ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކު އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ރޭޕް ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމާއި، އަނިޔާ ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރު ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!