ދުނިޔެ

ކޭކެއް ޓޮއިލެޓް ޕޭޕަރަކާ ވައްތަރުވުމުން ގިނަ ބަޔަކު ކޮސްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޭކު އަޅާމީހަކު ޓޮއިލެޓް ޕޭޕަރާއި ވައްތަރު ކޭކެއް އަޅާ މީހުން ހައިރާން ކޮށްލައިފިއެވެ.

Ads by Sosun Fihaara

އިނގެރޭސިވިލާތުގެ ޗެސްޓަރ ގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ބެން ސުލެން ޓޮއިލެޓް ޕޭޕަރާއި ވަރަށް ވައްތަރުކޮށް ކޭކެއް އަޅާފައި އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާކުރުމުން 25000 މީހުން ވަނީ އެއަށް ލައިކް ދީފައެވެ. އެ ކޭކްގެ ފޮޓޯ ހިއްސާ ކުރަމުން ބެން ބުނީ، އެންމެންވެސް މި ބަލިމަޑުކަން ވަރަށް ސީރިއަސް ކޮށް ނަގައިފިނަމަ މިކަމުން އަރައިގަނެވޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ބެން ޓޮއިލެޓް ޕޭޕަރާއި ވައްތަރު ކޭކެއް އަޅާފައި މިވަނީ ކޯވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުން ދާތީ ޓޮއިލެޓް ޕޭޕަރު ލިބުން ވަރަށް ދަތިވެފައިވާ ވަގުތެއްގައެވެ. ބެން އަކީ 2015 ވަނަ އަހަރުން ފެށިގެން އެކި ކަހަލަ މޮޅެތި ކޭކު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ބެން ވަނީ ވަރަށް މަޝްހޫރު ތަރިންނަށްވެސް އެކި ހަފްލާތަކަށް ކޭކު އަޅައިދީފައެވެ.

ބެން ގެ ކޭކަށް ލައިކް ދިން ބައެއް މީހުން ބުނީ، ފުރަތަމަ އެއީ ކޭކެއް ކަންވެސް ނޭނގުނު ކަމަށެވެ. އެމީހުން ހީކުރީ އެއީ އަސްލުވެސް ޓޮއިލެޓް ޕޭޕަރެއް ކަމަށެވެ. އިންސްޓަގްރާމަށް ޓޮއިލެޓް ޕޭޕަރުގެ ފޮޓޯ ލާނީ ކާކުބާއޭ ހިތަށް އެރި ކަމަށްވެސް އެ ފޮޓޯއަށް ލައިކް ދިން މީހަކު ބުނެފައިވެއެވެ.

ބެންގެ އިންސްޓަގްރާމު އެކައުންޓްގައި 180000 ފޮލޯވަރުން ތިބެއެވެ. ބެން އަކީ ކުރިން ޓެޓޫ ކުރަހަން އުޅުނު މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!