މުނިފޫހިފިލުވުން

ކޮބާ މަނީ ހެއިސްޓް ސީޒަން ހަތަރަކަށް ތައްޔާރުތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި 'މަނީ ހެއިސްޓް' ގެ ކާމިޔާބު ތިން ސީޒަނަށް ފަހުގައި ހަތަރުވަނަ ސީޒަނަަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ. ސީޒަން ހަތަރެއްގެ ފުރަތަމަ ޓްރެއިލާ އަށް ލިބުނު ތަރުހީބާއެކު ގައިވެސް ބެލުންތެރިން ސީޒަން ހަތަރަކަށް ކުރަމުން އައި އިންތިޒާރު ހާމަވެގެންދިޔައެވެ.

Ads by Sosun Fihaara

ނެޓްފްލިކްސް އިން ސްޓްރީމްކުރާ މި ކްރައިމް ޑްރާމާ ގެ ހަތަރުވަނަ ބައި ސްޓްރީމްކުރާނީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

އެތައް މަހެއްގެ ދިގު އިންތިޒާރަށް އެ ދުވަހު ނިމުން އަންނައިރު އާ ސީޒަން ބަލަން، ނެޓްފްލިކްސްގެ ގިނަ އަހުލުވެރިން މި ވަގުތު ވެސް ތިބޭނީ ތައްޔާރަކަށް ޔަގީނެވެ. ސީޒަން ތިނެއް ނިންމާލަމުން ހިނގައިދިޔަ ކަންތައްތަކުން ގިނަ ބަަޔަކު ރޮއްވާލިއިރު ދެން ވާނެ ގޮތެއް ބަލާލުމުގެ އިންތިޒާރުގައި ގިނަ ބަޔަކު ދުވަސްތައް ގުނަމުން އެބަދެއެވެ.

އެންމެ ފަހު ސީޒަން ނިމުނުއިރު، އެންމެން ރޮއްވާލީ، މި ސީރީޒް ގެ އެންމެ މަގުބޫލު އެއް ކެރެކްޓާ ކަމަށްވާ ނައިރޯބީ މަރުވާ ކަމަށް ދައްކާފައެވެ. ނަމަވެސް ސީޒަން ހަތަރެއްގެ ޓްރެއިލާއިން ނައިރޯބީ ފެނުމާއެކު ހަގީގަތުގައި ވެސް ނައިރޯބީ މަރުވިކަމާމެދު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފައެެވެ.

އެންމެ އާދަޔާ ހިލާފު ކަމަކަށް ބެލުންތެރިންނަށް ފާހަގަވީ ކަމަކީ ސީޒަން 2 ގައި މަރުވި ބާރލިން ގެ މަންޒަރުތައް ވެސް ޓްރެއިލާގައި ހިމަނާފައިވުމެވެ. ޓްރެއިލާއިން ކުރީގެ ސީޒަން ތަކުގެ މަންޒަރުތައް ވެސް ދައްކާ ކަމަށް ބައެއް ބެލުންތެރިން ބުނާއިރު އަނެއް ބަޔަކު ބުނަނީ އެއީ ކުރީގެ ހަނދާނަކަށް ނުވަތަ ފްލޭޝްްބެކަކަށް ވެސް ވެދާނެކަމަށެެވެ. ނަމަވެސް ބާރލިން ދިރިހުރެ އެނބުރި އައުމަށް އެދޭ މީހުންވެސް މަދެއް ނޫނެވެ.

މިހުރިހާ ސުވާލެއްގެ ޖަވާބު ލިބެން ދެން ބާކީ އޮތީ އެންމެ 5 ދުވަހެވެ. ކެތްމަދު ވެފައިތިބި ބެލުންތެރިންގެ އިންތިޒާރަށް އޭޕްރީލް 3 ވަނަ ދުވަހު ނިމުން އަންނާނެއެވެ.

މަނީ ހެއިސްޓަކީ ވަގެއް ގެ މާސްޓަރޕްލޭންއަަކާއެކު އޭނާގެ ބައިވެރިން އެ ވައްކަމުގައި އުޅޭ މަންޒަރު ދައްކައިދޭ ސްޕެނިޝް ޑްރާމާއެކެވެ. އަދި މިއީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ލޭންޖުއޭޖް ޝޯ ވެސް މެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!