ޚަބަރު

61 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ދެން އެމްވީ

ފަސްދޯޅަށް އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 11 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނާ މިމީހުން ހައްޔަރު ކުރީ މިމަހުގެ 20ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭތީ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މިމައްސަލާގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ ކަމަށް ތުހުމަތުކުރެވޭ އިރުއަލިމަސް ނަމަކަށްކިޔާ ދޯނި ބަލައި ފާސްކޮށްފައިވާކަމަށާއި އަދި މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ޖުމުލަ 4 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިއޮޕަރޭޝަނުގައި މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާ ފުލުހުންވަނީ އަތުލައިގެންފައިކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ވަނަވަރު:

 • އަހުމަދު ވިސާމް، މ. ބޮއިލިންފިޝް
 • މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
 • މުހައްމަދު މާއިޝް، މ. މާކޮޅު
 • މުހައްމަދު ޝާމިން، މއ. ވިރާހް
 • އަހުމަދު ޝިފާޒް، ހުޅުމާލެ، ފްލެޓް ނަންބަރު 06-ޖީ4
 • އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ
 • ހުސައިން ސުނާޒް، މ. މުލި/ ސޯސަންވިލާ
 • ސައުދުﷲ ރަޝީދު، މ. ކެޕްރިކޯން
 • މުހައްމަދު ނަޝީދު، މ.މުލި/ ހުދުފިނިފެންމާގެ
 • މުހައްމަދު މާއިދު، މ.ކޮޅުފުށި/ އޯޝަންވިއު
 • މުހައްަމދު ރިޝްވާން އިބްރާހިމް، މ.މުލި/ މުޝްތަރީގެ

ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ޓްރެފިކް ކުރުމުގެ އިތުރުން ފޭރުމާއި، ވައްކަމާ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ފަދަ ކުށުގެ ރެކޯޑްތައް ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!