ޚަބަރު

އަސްލު މައްސަލަ މިނިސްޓަރު އަލީ ވަހީދު ސާފުކޮށްދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

އަސްލު މައްސަލައަކީ ޓީމް ނުވަތަ ޓީމަށް ނިސްބަތްވާ ބޭފުޅުން އުފައްދާފައިވާ ލޭބާ ޕާޓީން ބޭނުންވާ ކަންތައްތަކެއް ޓްއަރިޒަމް މިނިސްޓްރީން ކޮށްދީފައިނުވާތީ އެކަމުގެ ރުޅިވެރި ކަމުގައި އުފައްދާފައިވާ މައްސަލަތަކެއް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޓީމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒިފުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް އެ މުވައްޒިފުންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ

މިނިސްޓަރު އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒިފަކަށް 6.50 ޑޮލަރު ޓީމް އަށް ދައްކަން މަޖުބޫރުކޮށް ޓުއަރިޒަމް މިނިސްޓްރީން ސިޓީއެއް ދިނުމަށް އެ ފަރާތުން އެދެމުންދާ ކަމަށާ ނަމަވެސް އެފަދަ ސިޓީއެއް އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައިގެން ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ސާވިސް ޗާޖު ދިނުމުގައި މުވައްޒިފުންނަށް އިހުމާލުވަމުންދާ ރިސޯޓްތަކާއި، ޓުއަރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓުން ފާހަގަވި މައްސަލަތަކަށް އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ރިސޯޓެއްގެ މެނޭޖްމަންޓުން އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒިފުންނާއި އެއްބަސްވެގެެން ނިންމުންތަކެއް ނިންމައިފިނަމަ އެކަމަށް މިނިސްޓްރީން ހުރަސް ނާޅާނެ ކަމަށެވެ.

މިއަދު ހޮނޑާފުށީގައި މާރާމާރީއެއް ހިނގާ ދިވެހި މުވައްޒިފަކަށް އަނިޔާވެފައިވާތީ، ދިވެހި އަދި ބިދޭސީ މުވައްޒިފުންނަށްވެސް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!