ސްޓެލްކޯއިން އެމްއެންޑީއެފަށް ޑްރޯން އެއް ހަދިޔާކޮށްފި
ސްޓެލްކޯއިން އެމްއެންޑީއެފްއަށް ޑްރޯން އެއް ހަދިޔާކޮށްފި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާޔެއްގައި އެ ޑްރޯން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
ސްޓެލްކޯއިން ބުނީ އެ ޑްރޯން އަކީ އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށްޓަކައި ފެންޖެހުމަށް ބޭނުންކުރާ ޑްރޯން އެއް ކަމަށެވެ.
ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލުކަން އެ ޑްރޯންއަށް ލިބިގެންވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ޑްރޯންގެ އިތުރުން ސްޓެލްކޯއިން މިއަދު ވަނީ ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއެއް ވެސް އެމްްއެންޑީއެފްއަށް ހަދިޔާކޮށްފަ އެވެ.
އެ ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލްކަން ލިބިފައިވާ ވަސީލަތެއް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ފަހަަކަށް އައިސް ދަނީ އިޖުތިމާއީ ޒިންމާގެ ދަށުން އެކި މުއައްސަސާތަކަށް ކަންކަން ކޮށްދެމުންނެވެ.
ދާދި ފަހުން ވަނީ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ވެސް ސްޓެލްކޯއިން ވަނީ ހިލޭ މަރާމާތުކޮށްދީފަ އެވެ.