Tuesday, 10 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިރާގުން ދަރިވަރުންނާއި ޓީޗަރުންނަށް ހިލޭ މޮބައިލް ޑޭޓާ ދެނީ

ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވާތީ ގޭގައި އޮންލައިންކޮށް ކިޔެވުމަށް އެހީތެރިވެދިނުމަށް ދިރާގުން ސްކޫލް ކުދިންނާއި ޓީޗަރުންނަށް އެއް މަސް ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ލިބޭ ޕެކޭޖެއް ދީފި އެވެ.

ރާގުން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާ އިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ދުވަސްވަރު ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގު ފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5 ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް އެއް މަސް ދުވަހަށް ލިބޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް އަދި މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް