ދުނިޔެ

ކޯވިޑް19: މެލޭޝިއާގެ ރާނީ ސިއްހީ ހިދުމަތްތެރިންނަށް ކާނާ ތައްޔާރުކުރުމުގައި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާއިރު ހަގީގަތުގައި ވެސް އެންމެ ބޮޑު ތައުރީފެއް ހައްގުވާ އެއް ބަޔަކީ ސިއްހީ ހިދުމަތްތެރިންނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެތައް ބައެއް ގެ ސަލާމަތަށްޓަކައި ފަސްޖެހުމެއްނެތި މަސައްކަތްކުރަމުން ދާއިރު އެކަމުގެ އަގު ވަޒަން ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

Ads by Sosun Fihaara

އެގޮތުން މެލޭޝިއާގެ ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މެލޭޝިއާގެ ރާނީ ދަނީ އެ ޚިދުމަތްތެރިންނަަށް ކާނާ ތައްޔާރުކޮށް ހޮސްޕިޓަލުތަކަށް ފޮނުަމުންނެވެ. މެލޭޝިއާގެ ރާނީ ތުންކު އަޒީޒާ އާމިނަހް މައިމޫނާ އިސްކަންދަރިއާ ވަނީ އޭނާގެ އިސްޓަގްރާމް އެކައުންޓުގައި ކާނާ ތައްޔާރުކުރި ފޮޓޯ ތައް ހިއްސާކޮށްފައެވެ.

ފޮޓޯ ތައް ހިއްސާކުރަމުން ރާނީ ބުނެފައިވާ ގޮތުގައި މިއީ ސަރުކާރު މުވައްޒަފުން ވަމުންދާ ގުރުބާނީ އާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަދި އެ މުވައްޒަފުންނަށް ސެލިއުޓް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މެލޭޝިއާގެ ސަގާފީ ގިނަ ކެއުންތަކެއް ރާނީ ކެއްކުމަށް ފަހު ދަނީ މެލޭޝިއާގެ ގިނަ ހޮސްޕިޓަލުތަކަކަށް ފޮނުވަމުންނެވެ. އެގޮތުން ސުންގާއި ބުލޮހް ހޮސްޕިޓަލާއި، ޔުނިވާރސިޓީ އޮފް މަލާޔާ މެޑިކަލް ސެންޓަރ ގެ އިތުރުން ކްރައިސިސް ޕްރެޕެއާރޑް އެންޑް ރެސްޕޮންސް ސެންޓަރ ހިމެނެއެވެ.

ރާނީގެ މި ހަރަކާތަށް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ތައުރީފުކުރަމުންނެވެ.

މެލޭޝިއާގައި މިހާތަނަށް ޖުމްލަ 2,626 މީހަކު ވައިރަހަށް ޕޮސިޓިވްވެ 37 މީހަކު މަރުވެފައިވާއިރު ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ގައުމު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!