މުނިފޫހިފިލުވުން

އަހަރެންނާއި ނުލާ އަކަންޝާގެ އައިޑެންޓިޓީއެއް ނެތް: ޕާރަސް

ދެން އެމްވީ ، ދެން އޮންލައިން

ބިގްބޮސް 13 ގައި ބައިވެރިވި ޕާރަސް ޗާބްރާ އަނެއްކާވެސް އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

Ads by Sosun Fihaara

ޕާރަސް ބުނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަކަންޝާގެ އެއްވެސް އައިޑެންޓީއެއް އޭނާއާއި ނުލާ ނެތް ކަމަަށެވެ.

ޕާރަސް އިތުރަށް ބުނީ، އަކަންޝާ އިންޓަވިއުތަކަށް އަރާފައި އަބަދު އޭނާގެ ވާހަކަ ދައްކާ ސަބަބެއް އެއްވެސް ވަރަކަށް ނުވިސްނުނު ކަމަށާއި ފާއިތުވެދިޔަ 7 މަހު އަކަންޝާ އަބަދު ދެއްކީ އޭނާގެ ވާހަކަތައް ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ވެސް ޕާރަސް ބުނެފައިވެއެވެ.

އޭނާ ބުނީ އަކަންޝާ އަބަދު އޭނާގެ ވާހަކަ ދައްކަނީ އަކަންޝާގެ އަމިއްލަ އައިޑެންޓިޓީއެއް ނެތުމުން ކަަމަށާއި އެންމެންނަށް ވެސް އަކަންޝާ އެނގެނީ ޕާރަސްގެ ކުރީގެ ލޯބިވެރިޔާގެ ގޮތުގައި ކަމަށެވެ.

ޕާރަސް ބުނީ އޭނާގެ މަންމަ އަކަންޝާ ދެކެ އެހާ ލޯބިވަނީ، ޕާރަސް ބިގްބޮސް 13ގައި ބައިވެރިވުމުގެ ކުރިން އަކަންޝާ އެގޭގައި ގިނަ ވަގުތު އުޅޭތީ ކަމަށެވެ. ޕާރަސް ބުނީ އަކަންޝާ އަކީ ވަރަށް ރަނގަޅު އަންހެނެއް ކަމަށާއި ނަމަވެސް އެދެމީހުންގެ ވިސްނުން ވަރަށް ތަފާތު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!