މުނިފޫހިފިލުވުން

ގޭގައި އިނދެ އެފްބީ ބަލަބަލާ ނިއުމާއަށް މީހަކުދެކެ ލޯބިވެވިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ގޭގައި އަބަދު އިނދެ ފޭސްބުކް ބަލާ ބަލާ މީހަކު ދެކެ ލޯބިވެވިއްޖެ ކަމަށް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ބުނެފިއެވެ.

Ads by STELCO

"ގޭގައި މިހެން އިނދެ އެފްބީ ބަލާ ބަލާ މީހަކު ދެކެ ލޯބިވެވިއްޖެ ކަންނޭނގެ މަށަށް" ނިއުމާ އޭނާގެ އެފްބީ އެކައުންޓްގައި ސަމާސާ މޭރުމަކުން ޖެހި ސްޓޭޓަސްގައި ބުންޏެވެ.

ނިއުމާއަށް ލޯބިވެވުނީ ކާކުދެކެކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިދުވަސްކޮޅު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް ރާއްޖޭގެ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރަށް މުހިންމު ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އާއްމުންނަށް އިލްތިމާސް ކޮށްފައެވެ.

މާލެ ސަރަހައްދުގެ ހުރިހާ ކެފޭ ރެސްޓޯރެންޓް ތަކާއި ޕާކްތަކާއި އާއްމުން އެއްވެ އުޅޭ ތަންތަން ބަންދު ކުރުމާއި ގުޅިގެން ގިނަ މީހުން ވަގުތު ހޭދަކުރަނީ ގޭގައެވެ. ރާއްޖޭގެ ހުރިހާ ސުކޫލުތަކާއި ސަރުކާރު ވެސް ވަނީ ބަންދުކޮށްފައެވެ.

އަބަދު ގޭގައި އޮވެގެން، ކޯވިޑް 19 އާއި ގުުޅިގެން ރާއްޖޭގެ ހާލަތު އާއްމުންނާއި ހިއްސާ ކުރަން ދުވާލަކު ދެ އިރު ގެނެސް ދޭ ނޫސްވެރިންގެ ބައްދަލުވުންތައް ބަލައިގެން ކޮވިޑް19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ދެކެ ލޯބިވެވިއްޖެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!